logo
banner image

ތ. ވިލުފުއްޓާއި މަޑިފުށީގައި މަޑިފުށީގައި ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމު ތ. ވިލުފުއްޓާއި މަޑިފުށީގައި ކުރިއަށް ގެންގޮސްފިއެވެ.

މި ރަށްތަކުގައި ދަންފަޅިތައް ކުރިއަށް ގެންގޮސްފައިވަނީ މަޑިފުށި ކައުންސިލާއި ވިލުފުށީ ހެޔޮބަސް ޖަމިއްޔާ ގުޅިގެންނެވެ. އެގޮތުން މި ރަށްތަކުގެ ސްކޫލް ދަރިވަރުންނާއި، ބެލެނިވެރިންނާއި މުއައްސަސާތަކުގެ މުވައްޒަފުންނަށާއި ޒުވާނުންނަށް ރިސާލަތުގެ ދަންފަޅިތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން މި ދެރަށުގައި މިސްކިތު ދަރުސްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މި ދަންފަޅިތައް ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡުންކަމަށްވާ ޝައިޚް އަތީފް އަބޫބަކުރާއި ޝައިޚް ޢަބްދުﷲ މިފްޒާލެވެ.