logo
banner image

އެމް.ޔޫ މަނިކަކީ ދީނީ، އިޖްތިމާޢީ އަދި ތަޢުލީމީ ކަންކަމަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެއްވި ބޭފުޅެއް – ވަޒީރު

ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގެ އެއް ބާނީ މުޙައްމަދު އުމަރު މަނިކު، އެމްޔޫ މަނިކަކީ ދީނީ، އިޖްތިމާޢީ އަދު ތައުލީމީ ކަންތައްތަކާއި މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއަޔަތުކަމެއް ދެއްވި ބޭފުޅެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ އެ ބޭފުޅަކީ މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަން ދެއްވި ބޭފުޅެއްކަމަށާއި އެމަނިކުފާނު އަވަހާރިވި އާލާސްކަންފުޅާ ގުޅިގެން ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ސިޓީއެއް މިނިސްޓްރީ އަށް ފޮނުއްވާފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

“ސިޓީ އެއް ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަ ޖައްސަވައި ދެއްވުމަށް އެދި ލައްވާފައިވޭ.”

ވަޒީރު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ އެދިލެއްވުމަށް އެކަމަށް ހުޅުމާލެ ސަރަހައްދުގައި މިހާރު ޖާގައެއް ވެސް ހަމަޖައްސާފައިވާކަމަށެވެ.

އެމްޔޫ މަނިކު އަވަހަރާވުމަކީ މުޅި ރާއްޖެއަށް ލިބިގެންދިޔަ ބޮޑު ހިތާމައެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.