logo
banner image
ޚާރިޖީ ވުޒާރާ

މެލޭޝިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލު، މެލޭޝިއާގެ ފޮރިން މިނިސްޓަރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

މެލޭޝިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލު، މެލޭޝިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ ދާތޯ ސްރީ އުތާމާ ހާޖީ މުޙައްމަދު ބިން ހާޖީ ހަސަން އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލު ފޮނުއްވި މެސެޖުގައި، މެލޭޝިއާގެ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރައްވައި، އަދި ދިވެހިރާއްޖެއާ މެލޭޝިއާ އާއި ދެމެދު އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުން އިތުރަށް ފަހިވެގެންދާނެ ކަމުގެ ޔަގީންކަން އޮތްކަން އެމ ަނިކުފާނަށް ކަށަވަރުކޮށްދެއްވިއެވެ.