logo
banner image

ފުވައްމުލައް ސިޓީ ހުޅަނގުން 6 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި

ފުވައްމުލައް ސިޓީ ހުޅަނގުން 6 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިއެވެ.

މި ވަދު ކަނދުފަތީގެ ނަންބަރަކީ Q09V01-01އެވެ. މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

02°20.1000'S

73°19.600'E

މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމެވެ. ޏ.ފުވައްމުލަކު މ މަސްވެރިންނަށް އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލްވާ ފަރާތްތަކަށް، ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ތެރެއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.