މަޢުލޫމާތު: ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް އެކުލަވާލަނީ ކޮންތާކުން؟
ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް ނުވަތަ ޕީ.ޕީ.އައި އަކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކޮންމެ ތިންމަހުން އެއްމަހު ނެރޭ ތަފާސްހިސާބެއް. މި އިންޑެކްސް އެކުލަވާލުމަށް ހޮވާލެވިފައިވާ މުއައްސަސާތަކުން ކޮންމެ ތިން މަހުން އެއްމަހު މައުލޫމާތު އެއްކުރެވެއެވެ. އަދި ޕީޕީއައި ތައްޔާރުކޮށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެއިދާރާގެ ވެބްސައިޓުގައި ކޮންމެ ކުއަރޓާރއެއް ނިމޭތާ 90 ދުވަހުގެ ކުރިން ޝާއިއު ކުރާނެ.
(ވެބްސައިޓް ލިންކު: https://statisticsmaldives.gov.mv/ppi )