logo
banner image
ދިފާޢީ ވުޒާރާ

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ޑީއެސްސީން މިލްކުކޮށްފި

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ޖެހިޖެހިގެން ތިން އަހަރު ހޯދާ، މުބާރާތުގެ ތަށި މިލްކުކޮށްފިއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ޑީއެސްސީން ހޯދާފައި ވަނީ، ފައިނަލުގައި ވާދަވެރި އެޗްޑީސީއާ ވާދަކޮށް، ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެސްސީއަށް ކުޅޭ ބިދޭސީ ކުޅުންތެރިއެއް ކަމުގައިވާ، އެ ކުލަބުގެ ޖާޒީ ނަންބަރު 9، ޗިރާގްއެވެ.

ޑީއެސްސީގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މުބާރާތުގެ މޯސްޓް ވެލިޔުބަލް ޕްލެޔަރގެ އެވޯޑް ޑީއެސްސީގެ ޖާޒީ ނަންބަރު 6، ސްޓާފް ސާޖަންޓް ޙުސައިން ޝާޙިދު އަދި ޑީއެސްސީގެ ޖާޒީ ނަންބަރު 10، ލާންސް ކޯޕްރަލް ޙުސައިން ރައްޒާން ވަނީ ހޯދާފައެވެ. އަދި، މޯސްޓް ވެލިޔުބަލް ފޮރެން ޕްލެޔަރގެ އެވޯޑް ޑީއެސްސީގެ ޖާޒީ ނަންބަރު 9، ޗިރާގް އަދި ޑީއެސްސީގެ ޖާޒީ ނަންބަރު 4، ލުއިޒް ފެލީޕޭ ފެރޭރާ ޕެރޮޓޯ ވަނީ ހޯދާފައެވެ. މުބާރާތުގެ މޯސްޓް ވެލިޔުބަލް ކޯޗުގެ އެވޯޑް ހޯދީ ޑީއެސްސީގެ ހެޑްކޯޗް، ސާޖަންޓް ފަސްޓް ކްލާސް ޖުނައިދު ޢަބްދުﷲއެވެ.

މި އަހަރު ސީޒަނުގައި ކުޅެވުނު "މައިލޯ ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކަޕް 2025"، "ޤައުމީ ވޯލީބޯޅަ ލީގު 2025" އަދި، "ޤައުމީ ވޮލީބޯޅަ މުބާރާތް 2025"ގެ ޗެމްޕިއަނުންނަކީ ވެސް ދިވެހި ސިފައިންގެ ކުލަބެވެ.