ސްނޯކަލިންގއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ
އދ.މާމިގިލި ކައިރިއަށް މިއަދު ސްނޯކަލިންގއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އުމުރުން 15 އަހަރުގެ ކުއްޖާ، އެ ސަރަހައްދުން ރޭގެ ވަގުތެއްގައި ފެނިއްޖެއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ރޭ 19:47 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ "ހަކުރާ"، ޑައިވަރުންގެ ޓީމަކާ އެކު ވަނީ އެ ސަރަަހައްދަށް ގޮސް އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. މި މަސައްކަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އދ.މާމިގިލިން ޑައިވަރުންގެ ޓީމެއް ހަރަކާތްތެރިވެފައި ވާއިރު، އެ ކުއްޖާ ފެނިފައި ވަނީ އދ.މާމިގިލި ބަނދަރުގެ އިރުން، 18 މީޓަރު އަޑިންނެވެ.