ޝްރީ ލަންކާގެ ހައި ކޮމިޝަނަރު މަތީ ތަޢުލީމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައިފި
ޝްރީ ލަންކާގެ ހައި ކޮމިޝަނަރު މަތީ ތަޢުލީމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައިފި
ޝްރީ ލަންކާގެ ހައި ކޮމިޝަނަރު، ހަރ އެކްސެލެންސީ، މސ. ތިމުތު ދިސާނަޔަކަ ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައިފިއެވެ.
އެކަމަނާ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ކުރެއްވި މި ޒިޔާރާތުގައި ވަނީ އެ ވުޒާރާގެ އިސްބޭފުޅުންނާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. ދިވެހިރާއްޖެ އަދި ޝްރީ ލަންކާއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، ދެ ފަރާތުގެ މަސްލަޙަތު ހިމެނޭހެން ދެ ދަޢުލަތުގެ ކުރިއެރުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން، ދެ ޤައުމުގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލެވިފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، ޑރ. ޢަބްދުލްރަޙީމް ޙަސަން، މިނިސްޓަރ އޮފް ސްޓޭޓް،ފާތިމަތު މުޙައްމަދު، ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ޝަޝީ އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ސީއ.އީ.އޯ، މަރްޔަމް ފިޒާނާ ރަޝީދު ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.