logo
banner image

އެން.ސީ.އެސްގެ ފަރާތުން ދުވާފަރު އަދި އުނގޫފާރުގައި އައުޓްރީޗް ޕްރޮގްރާމްތަކެއް!

ނޭޝަނަލް ކެރިޔަރސް ސަރވިސެސް (އެން.ސީ.އެސް)ގެ ފަރާތުން ރ އަތޮޅުގެ ދުވާފަރު އަދި އުނގޫފާރުގައި ވަޒީފާގެ މައިދާނަށް އަލަށް ނިކުންނަ ޒުވާނުންނަށް ތަފާތު ހުނަރުތައް ދަސްކޮއްދިނުމުގެ ގޮތުން އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ތައްޔާރުވެފައެވެ.

ދުވާފަރުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އައުޓްރީޗް ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2025 ވާ އަންގާރަ ދުވަހުއެވެ. އަދި އުނގޫފާރުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އައުޓްރީޗް ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 16 ޖުލައި 2025 ވާ ބުދަ ދުވަހުއެވެ.

މި އައުޓްރީޗް ޕްރޮގްރާމްތަކުގައި، ކެރިޔާ ގައިޑެންސް، ޖޮބް ސެންޓަރ ޕޯޓަލްއަށް އަހުލުވެރިކުރުވުމާއި، ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް އިސްނަގައިގެން ކުރެވިދާނެ މަސައްކަތްތަކާއި، ސީ.ވީ ތައްޔާރުކުރުމާއި ވަޒީފާ ހޯދުމަށް އިންޓަވިއުއަށް ތައްޔާރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވައިލެވޭނެއެވެ.