logo
banner image

އައި.ޔޫ.އެމްގެ އޮގަސްޓް އިންޓޭކް 2025ގެ "ވަންސްޓޮޕް އެޑްމިޝަން" ބޭއްވުމަށް ތައްޔާރުވެއްޖެ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ އޮގަސްޓް އިންޓޭކް 2025 އާއި ގުޅިގެން " ވަންސްޓޮޕް އެޑްމިޝަން"ގެ ނަމުގައި އިވެންޓެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ޖުލައި މަހުގެ 13، 14 އަދި 15 ވަނަ ދުވަހުގެ ހެނދުނު 10:00 އަކުން 12:00 އަށް އަދި މެންދުރު 14:00 ކުން ހަވީރު 16:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި، ދަރިވަރުންގެ ސެޓްފިކެޓްތައް ވަގުތުން އެޓެސްޓް ކޮއްދިނުމާއި، ކެރިޔާ ކައުންސެލިންގ، އިސްލާމިކް ކައުންސެލިންގ އަދި ލީގަލް ކައުންސެލިންގގެ ޚިދުމަތް ފޯރުކޮއްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އައި.ޔޫ.އެމްގެ ހޯލުގައި ކުރިއަށްދާ މި އިވެންޓްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ދަރިވަރުންގެ ސެޓްފިކެޓްތަކާއި، ޕާސްޕޯޓް ފޮޓޯ، ޓްރާންސްކްރިޕް އަދި އައި.ޑީ ކާޑު ފަދަ މުހިއްމު ލިޔެކިޔުންތަކާއިއެކު ބައިވެރިވެވޭނެއެވެ.