އެން.ސީ.އެސް އަދި ސެއިލްސްގެ ފަރާތުން ކެރިޔާ ވޯކްޝޮޕެއް ބާއްވައިފި
ނޭޝަނަލް ކެރިޔާރސް ސަރވިސެސް (އެން.ސީ.އެސް) އަދި ސަސްޓެއިނަބަލް އެންޑް އިންޓަރގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް)ގެ ފަރާތުން ކެރިކާ ވޯކްޝޮޕެއް ބާއްވައިފިއެވެ.
12 ޖުލައި 2025 ވީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އަކުން މެންދުރު 13:00 ކާއި ހަމައަށް ބޭއްވުނު މި ވޯކްޝޮޕަކީ ސްކޫލް ނިންމާ ދަރިވަރުންނަށް އެ ދަރިވަރުން ޝައުގުވެރިވާ ދާއިރާތަށް ދެނެގަނެ، ވަޒީފާތަށް ޚިޔާރުކުރުމުގައި އެހީތެރިވުމަށް ބޭއްވުނު ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި، އެން.ސީއެސް އަދި ސެއިލްސް ޕްރޮޖެކްޓްގެ އިތުރުން ޕެންޝަން އޮފީހުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
ނޭޝަނަލް ކެރިޔާރސް ސަރވިސެސް (އެން.ސީ.އެސް) އަކީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮއްދިނުމާއި، ވަޒީފާގެ ރޮނގު ޚިޔާރުކުރުމުގައި އެހީތެރިވެދިނުމާއި، އެ ޒުވާނަކު ކުރިއަށް ދިޔުމަށް ޝައުގުވެރިވާ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ އެއްބާރުލުން ފޯރުކޮއްދިނުމަށް މަސައްކަތްކުރުމަށް ސަރުކާރު ޤާޢިކުކުރެވިފައިވާ އިދާރާއެކެވެ.