މެލޭޝިޔާގައި ކިޔަވާ އިންޓަރނޭޝަނަލް ދަރިވަރުންގެ އަތުން ނެގުމަށް ކަނޑައެޅިފައިވާ %6 ޓެކްސްއާއި ގުޅިގެން އިޢުލާން ޝާޢިއުކޮށްފި
މެލޭޝިޔާގައި މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރަމުންދާ އިންޓަރނޭޝަނަލް ދަރިވަރުންގެ އަތުން %6ގެ ޓެކްސް ފައިސާ ނެގުމަށް މެލޭޝިޔާގެ ސަރުކާރުން ވަނީ ނިންމަވައިފައެވެ. މެލޭޝިޔާގެ ސަރުކާރުން ގެނައި މި ބަދަލާއި ގުޅިގެން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން މެލޭޝިޔާގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް އިތުރު ފައިސާއަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
މިނިސްޓްރީގެ ސްކޮލަރޝިޕްތަކުގެ ދަށުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެ ދަރިވަރަކު ކިޔަވާ ޔުނިވާސިޓީ/އިންސްޓިޓިއުޓްގެ ފަރާތުން މިނިސްޓްރީއަށް ފޮނުވާ އިންވޮއިސްގައި، އެ ޓެކްސް ހިމެނުމުން އެ ފައިސާ ދައްކަމުންދާގޮތަށް އެ ފައިސާގެ އަދަދު ހިމަނައިގެން ފައިސާ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިބަދަލާއި ގުޅިގެން މި މިނިސްޓްރީން ދޫކުރާ މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން މެލޭޝިޔާގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފީ އަށް ޓެކްސް ފީ ގެ ގޮތުގައި އިތުރުވާ ފައިސާ، ދަރިވަރުގެ އެދުމުގެ މަތީން އެ ދަރިވަރެއްގެ ލޯނުގެ ތެރެއަށް އިތުރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ވީމާ، އެކަމަށް އެދޭ، ދަރިވަރުން
ތިރީގައި ލިންކުން ހުޅުވޭ ފޯމު ފުރުމަށްފަހު ހުށަހެޅުމުން އެފައިސާ ލޯނެއްގެ ގޮތުފައި ހަމަޖައްސައިދެވޭނެއެވެ.
https://forms.gle/LHwgjTf2V5ZBRAuv5