logo
banner image

އިސްލާމީ ކުތުުބުޚާނާތައް ބިނާ ކުރުމަށް ކުރާ މަސައްތަކަކީ ދިވެހިންގެ މުސްތަޤުބަލު އާ އުދަރެސްތަކަކަށް ބަދަލުކޮށްލައިދޭނެކަމެއްކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ވިދާޅުވެއްޖެ

އިސްލާމީ ކުތުުބުޚާނާތައް ބިނާ ކުރުމަށް ކުރާ މަސައްތަކަކީ ދިވެހިންގެ މުސްތަޤުބަލު އާ އުދަރެސްތަކަކަށް ބަދަލުކޮށްލާދޭނެކަމެއްކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަލްމާން ރަސްގެފާނު މިސްކިތުގައި އަަލަށް ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްތަކަކީ ދިވެހިންގެ ސަޤާފަތު އާ ޙަޟާރަތަކަށް ހޭލާ ހޭލުމެއްކަމަށާއި، ދިވެހިންގެ ދިރިއުޅުން އާ ސަޤާފަތަކަށް އެނބުރިގެންދާނެ މުހިއްމު ކަމެއްކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ދިވެހި ޤައުމަށް މާނަވީ ބިނާކުރުމާއި މާއްދީ ބިނާ ކުރުން ގެނައުންކަމަށާއި މިއީ މިކަމުގައި އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި ކުރާ ކޮންމެ ކަމެއްވެސް އިސްލާމީ ބިނާގެ މަތީގައި ކުރިއަށް ގެންދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުވަނީ ފޮތް ކިޔުމުގެ މުހިއްމުކަމާއި އިސްލާމީ ތާރީޚާއި ފޮތްތަކާއި އަދި އިސްލާމީ ކުތުބުޚާނާތަކާއި ގުޅޭ މުހިއްމު ވާހަކަފުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިރޭ ހުޅުވިގެންދިޔަ އިސްލާމީ ކުތުބުޚާނާއަކީ 15،000 އަށްވުރެ ގިނަ ފޮތާއެކު ހުޅުވިގެންދިޔަ ކުތުބުޚާނާއެކެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ހުޅުވިގެންދިޔަ ކުތުބުޚާނާއެއްކަން ފާހަގަކޮށްލެވެއެވެ.