އޭއީއެޗްގެ މުވައްޒަފުންނަށް ޕޭޝަންޓް ސޭފްޓީ އާއިގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ މުވައްޒަފުންނަށް ޕޭޝަންޓް ސޭފްޓީ އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަން ނަންގަވައިދެއްވީ ކޮލިޓީ ކޮމިޝަނަރ އޮފް ހެލްތު ތަސްލީމާ އުސްމާނެވެ.
02 ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ސެޝަން ގައި ބަލިމީހާ ފަރުވާ ހޯދާ މާހައުލަކީ ދުޅަހެޔޮ މާހައުލަކަށް ހެދުމާއި އަދި ދެވޭ ފަރުވާއަކީ ރައްކާތެރި އެކަށީގެންވާ ފަރުވާއަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ބަލިމީހާ ބަލިން ރަނގަޅުވުމުގައި އެންމެ ބޮޑު ދަޢުރެއް އަދާކުރާ ބަޔަކީ ބަލިމީހާއަށް ފަރުވާ ދިނުމުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންކަމުން، ބަލިމީހާގެ ފަރުވާގެ ކަންކަން އެންމެ ރަނގަޅަށް ގެންދެވޭނީ، ސިއްޙީ އެހީތެރިންގެ ސަލާމަތްކަމާއި ރައްކާތެރިކަން ކަށަވަރުކުރެވިގެންކަން ފާހަގަ ކުރައްވާ، މިސެޝަންގައި ސިއްޙީ ޙިދުމަތްތެރިންނަށް"ސައިކޮލޮޖިކަލް ސޭފްޓީ އިން ހެލްތްކެއާ" އަށް ފޯކަސްކޮށް މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް ކުރާނެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ދެ ސެޝަންގައި ވެސް ފާހަގަކުރެއްވި ކަންތައްތަކާއި ގުޅިގެން އިސްކަންދޭންވީ ކަންކަމާއި ޖަވާބުދާރީވާންޖެހޭ ކަންކަމުގެ މައްޗަށް މައުލޫމާތު ބަދަލުކޮށްފައިވެއެވެ.
މި ސެޝަން ތަކުގައި 50 ހަކަށްވުރެ މުވައްޒަފުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުން، އެލައިޑް ހެލްތު ކެއާ ޕްރޮފެޝަނަލްސް އަދި އިދާރީ މުވައްޒަފުން ހިމެނެއެވެ.