ހއ.ތަކަންދޫ ހެލްތު ސެންޓަރގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްފި
ހއ.ތަކަންދޫ ހެލްތު ސެންޓަރގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތާއި އެމަސައްކަތުގެ ކޮންޓްރެކްޓަރ ފެނަކަ ކޯޕަރޭޝަން އާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެެވެ.
އެގޮތުން މި ފަހުމުނާމާގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއިލް ޝަރީފްއެވެ. ފެނަކާއިގެ ފަރާތުން ސޮއިކުރެއްވީ އެކޮެމްޕަނީގެ ސްޓޭޝަން މެނޭޖަރ މެނޭޖާރ އަބްދުﷲ ރަޝީދެވެ.
މިރަސްމިޔާތުގައި ތަކަންދޫ ކައުންސިލާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.