logo
banner image
ޞިއްޙީ ވުޒާރާ

އުލިގަމް ހެލްތު ސެންޓަރގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްފި

ހއ.އުލިގަމް ހެލްތު ސެންޓަރގެ އައު އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތާއި އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެެވެ.

އެގޮތުން މި ފަހުމުނާމާގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއިލް ޝަރީފްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކޮެމްޕަނީގެ އ.ސައިޓް ސުޕަވައިޒަރ މުހައްމަދު ޝަފީއު އާދަމްއެވެ.

މިރަސްމިޔާތުގައި އުލިގަމް ކައުންސިލާއި ސިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.