logo
banner image

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ހދ. ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ހދ. ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ބުރާސްފަތި ދުވަހު ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސްވެރީންނާއި ނޮޅިވަރަންފަރު ކައުންސިލްގެ އިސްވެރީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރުގެ މިސްކިތްތަކުގެ އިމާމުންނާ ގުޅޭ ކަންކަމާއި މިސްކިތްތަކުގެ ހާލަތާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.