އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާ ބައްދަލުކުރައްވައިފި
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސްވެރީންނާއި ކޮމިޝަންގެ އިސްވެރީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވަނީ އިމާމުންނާއި މުދިމުންނާ ގުޅޭ ގޮތުން ދިމާވާ ކަންކަމާއި، ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ވުޒާރާގެ ކަންކަމުގައި ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެ ކޮމިޝަންގެ ރައީސްއަށާއި މެމްބަރުންނަށް ޝުކުރުއަދާކުރައްވައިފައެވެ.