logo
banner image

މ. މަޑުއްވަރީ ކައުންސިލާ، ވަޒީރު ރާފިޢު ބައްދަލުކުރައްވައިފި

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މ. މަޑުއްވަރީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި މަޑުއްވަރީ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ ގައި ގާއިމްކުރަމުންދާ ވޮލީކޯޓާއި ފުޓްސަލް ދަނޑުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެ. އަދި މިވަގުތު އެ ރަށުގައި ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތަކާއި، އެ ރަށަށް ބޭނުންވާ ކުޅިވަރުގެ ކަންކަންވެސް ކައުންސިލުން ހިއްސާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ އެ ރަށުން ފާހަގަކޮށްފައިވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ދާއިރާގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ނިންމާފައިވާ ކަންކަން ކައުންސިލާ ވަނީ ހިއްސާކުރައްވާފަ އެވެ.