logo
banner image
ޞިއްޙީ ވުޒާރާ

ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުމަށް ސަމާލުވެލައްވާ!

ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެކެވެ.

ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް ރަގަޅަށް ސައިބޯނިލައިގެން އަތްދޮވުމަށް ސަމާލުވާންވާނެއެވެ. އަދި ބޭރަށް ހިންގުމުގެ އިތުރުން ގިނައިން ހޮޑުލެވުން، މާބޮޑަ ވަރުދެރަވުން، ދިޔާ ތަކެތި ބޭނުންކުރެވޭ ވަރު މަދުވުން، ބޮލަށް އެނބުރުން އެރުން އަދި އާދަޔާ ހިލާފަށް ކަރު ހިއްކުން، ކުޑަކަމުދެވޭ ވަރު މަދުވުން، ލެވޭ ހޮޑޫގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން ނުވަތަ އާދަޔާ ހިލާފަ ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ހުންނަ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދަންވާނެއެވެ.

ބޭރަށް ހިންގުމުގެ އަލާމާތެއް ފެންނަނަމަ، ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރަންވާނެއެވެ. އަދި ފާހާނަ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަގަޅަށް އަތް ދޮންނަންވާނެއެވެ. އަލާމާތްތައް ނުފެންނަތާ 1 ދުވަސް ވަންދެން ގޭގައި މަޑުކޮށް އާރާމުކުރުން މުހިންމެވެ.