logo
banner image

މަޢުލޫމާތު: ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު - 37 ވަނަ މާއްދާ

37. ރައީސުލްޖުމްހޫރިއްޔާއަށް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހެޅުން

މި ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ދައުލަތުގެ ކޮންމެ އޮފީހެއްގައި މި ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޒިންމާދާރު ވެރިޔާއަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓު ލިބޭތާ 1 މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާއި، މި ޤާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ކޮޕީއެއް، އޭނާ ރައީސުލްޖުމްހުރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވަންވާނެއެވެ.