logo
banner image
ޞިއްޙީ ވުޒާރާ

ކުޅުދުއްފުށީ ހޮސްޕިޓަލްގައި އައު ޚިދުމަތްތަކެއް ފަށައިފި

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް އިފްތިތާޙްކޮށްފިއެވެ.

އެ ހޮސްޕިޓަލްގައި މިޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ސަރުކާރުގެ 2.0 މަޝްރޫޢުގެ އެންމެ ފުރަތަމަ މަސައްކަތްތަކުގެތެރޭގައި ޞިއްޙީ ދާއިރާ ހިމަނާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މިދާއިރާގެ ތަރައްޤީއަށް އުއްމީދީ އަދި އިންޤިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. އަދި ކުޅުދުއްފުށީގައި މިއަދު ފެށި ޚިދުމަތްތަކާއިއެކު ސިއްޙީ ޚިދުމަތް ހޯދުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް މެޑަމް ވަނީ ފާހަގަކުރައްވާފައެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކެއްވެސް މިއަދު ވަނީ އެ ހޮސްޕިޓަލްގައި އިފްތިތާޙްކޮށްފައެވެ. މިކްލިނިކު އިފްތިތާޙްކޮށްދެއްވީ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަް ޑޮކްޓަރ އަޙްމަދު އަޝްރަފެވެ.

މީގެއިތުުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ ޙަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް މިރަސްމިއްޔާތުގައި ވަނީ އެވޯޑް ހަވާލުކޮށްފައެވެ.