ވަޒީރު ރާފިޢު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުއާ ބައްދަލުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުއާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފިއެވެ.
ކުޅިވަރު ވުޒާރާގައި އޮތް މި ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ވަނީ އެ ދާއިރާގެ ރަށްތަކުގައި ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި އެ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިވަގުތު އެ ރަށުގައި ގާއިމްކުރަމުންދާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ގދ. ފަރެސްމާތޮޑާ ފުޓްބޯޅަ ދަނޑު ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން މިވަގުތު ކުރިއަށް ދަނީ ސަބް ބޭސް ގާއިމްކުރުމުގެ މަސައްކަތެވެ.

މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑުގެ މަސައްކަތް ނުހުއްޓި ކުރިައްށްދާނެ ކަމުގެ ޔަގީންކަންދެއްވާފައެވެ.