logo
banner image

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިސްރަށްވެހިންގެ ނާދީގައި ސިލްސިލާ ދަރުސްތަކެއް

އިސްރަށްވެހިންގެ ނާދީއާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ގުޅިގެން މާލެ އިސްރަށްވެހިންގެ ނާދީގައި ސިލްސިލާ ދަރުސް ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމުގެ ދަށުން އިއްޔެވަނީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ރުޅިމަޑުކުރުން މި މަޢުޟޫއަށް ދަރުސެއް ދެއްވާފައެވެ. މި ދަރުސް ދެއްވާފައިވަނީ އައްޝައިޚް ޢަޠީފް އަބޫބަކުރެވެ.

މި ޕްރޮގްރާމަކީ އިސްރަށްވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ ޚާއްސަ ޕްރޮގްރާމެކެވެ. އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.