logo
banner image

އިބަމަ ސްޓޭކްހޯލަޑަރ ކޮމިޓީއާއި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފި

އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ ހިއްސާދާރު މުއައްސަސާތަކުގެ މަންދޫބުން ހިމެނޭހެން އެކުލަވާލާފައިވާ އިބަމަ ސްޓޭކްހޯލަޑަރ ކޮމިޓީއާއި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި އިބަމައިގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މިމުއައްސަސާތައް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.