ހާލު ކިހިނެއް ޕްރޮގްރާމުގެ 2 ވަނަ ފިޔަވަހި އައްޑޫ ސިޓީ ހުޅުދޫގައި ކުރިއަށް ގެންދިއުމަށް މަޝްވަރާކުރައްވައިފި
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'ޙާލު ކިހިނެއް؟' ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި އައްޑޫ ސިޓީ ހުޅުދޫގައި ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ކައުންސިލާއި މަޝްވަރާކޮށްފިއެވެ.
ހުޅުދޫ ކައުންސިލުން ވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި މި ޕްރޮގްރާމު ހުޅުދޫގައި ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް ކައުންސިލުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
“ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ގޭބިސީތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހާލު ކިހިނެއް ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.