logo
banner image

ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ޗައިނާ އިން ދެއްވަމުންދާ އެހީތެރިކަމަށް ޝުކުރުވެރިވަން: މިނިސްޓަރ މަރްޔަމް މާރިޔާ

މިވަގުތު ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އުފުލެމުން ދިއުންކަމަށާ، މިހާލަތުގައި ޗައިނާ ސަރުކާރުން ދިވެހި ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުވެރިވާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ވިދާލުވެއްޖެއެވެ.

އެކަމަނާ މިހެންވިދާޅުވީ "ޗައިނާ-ސައުތް އޭޝިއާ ފީމޭލް ޕޮލިޓިކަލް ލީޑާރސް ޕްރޮގްރާމް" ތެރޭގައި ދެއްވި ޙިތާބެއްގައެވެ.

އެކަމަނާ ވިދާޅުވީ ޗައިނާއަކީ ދިވެހިރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ތަރައްޤީއަށް އެތަށް އެހީއެއް ފޯރުކޮއްދެއްވާފައިވާ، އަދި ފޯރުކޮށްދެއްވަމުން އަންނަ ރާއްޖެއާއި ގައިގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްކަމަށެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި އަޅާފައިވާ "ޗައިނާ-މޯލްޑިވިސް ފްރެންޑްޝިޕް" ބްރިޖް ފަދަ އުމްރާނީ ތަރައްޤީގެ މަޝްރުއޫތަކަކީ، ދިވެހިރާއްޖޭއާއި ޗައިނާގެ ދެމެދުގައި އޮންނަ ގާތްގުޅުން ރަމްޒުކޮއްދޭ މިސާލެއްކަމަށް ވިދާޅުވިއެވެ.

އެކަމަނާ ގެ ޙިތާބުގައި މާލެ އަދި ވިލިމާލޭގެ މަގުތަށް ތަރައްގީކުރުމަށާއި، ވިލިމާލޭ ޓާރޝިއަރީ ހޮސްޕިޓަލްގައި މަލްޓި-ސްޕެޝާލިޓީ 100 އެނދު ބެހެއްޓުމަށް ދިވެހިރާއްޖެއިން ޗައިނާ ސަރުކާރަށް އެދިފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

"ދިވެހިރާއްޖޭގެ އިޤްތިސާދަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަގެ ދަރަނި އުފެލެމުން ދިޔުން . އަދި ޗައިނާގެ ސަރުކާރުން ދިވެހިރާއްޖޭގެ އުމްރާނީ، އިގްތިސާދީ އަދި އެހެނިހެން ދާއިރާތަކުގެ ތަރައްގީތަކާއި ގުޅިގެން ދެއްވި 70 މިލިއަން ޑޮލަރުގެ އެހީއާއި ބަޖެޓްސަޕޯތްގެ ގޮތުގައި ރާއްޖެއަށް ދެއްވި 10 މިލިޔަން ޑޮލަރުގެ އެހީއަށް ޝުކުރު އަދާ ކުރަން." :މިނިސްޓަރ މަރްޔަމް މާރިޔާ

އެކަމަނާ ވިދާޅުވީ މިދިޔަ ޖަނަވަރީ މަހު، ރައީސުލްޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާގެ ރައީސް، ޒީ ޖިޕިންގްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅާއި، ނައިބު ރައީސް، ހުސައިން މުޙައްމަދު ލަތީފު، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް"އަށް ކުރެއްވި ދަތުރުފުޅަކީ ވެސް ދެޤައުމުގެ ދެމެދުގައިވާ ގުޅުން ހަރުދަނާކުރުވާ ދަތުރުތަކެއްކަމަށެވެ.

ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް (ޖީ.ޑީ.އައި) ގެ ދަށުން، ޗައިނާގެ ރައީސް، ޒީ ޖިޕިންގް އެކި ޤައުމުތަކަށް އެހީ ފޯރުކޮއްދެވައި، އެ ޤައުމުތަށް ކުރިއެރުވުމަށް އެއްބާރުލުން ދެއްވުމަށް ނިންމަވާކަން ފާހަގަ ކުރައްވާ، އެކަމަނާ ވިދާޅުވީ ދިވެހިރާއްޖެއިން ވަނީ މި ފެބްރުއަރީގައި މިއެހީ ޤަބޫލުކޮށް، "ގްރޫޕް އޮފް ފްރެންޑްސް އޮފް ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވް"ގައި ބައިވެރިވުމަށް ހުށަހަޅާފައިވާކަމަށެވެ. އަދި ވެތުވެދިޔަ ދުވަސްތަކުގައި ދިވެހިރާއްޖެއާއި ޗައިނާއިން ވަނީ ދަނޑުވެރިކަމާއި، މަސައްކަތްތެރިކަން ތަރައްޤީކުރުމާއި، ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމާއި ދެޤައުމު ގުޅިގެން އެކްސްޗޭންޖް ޕްރޮގްރާމްތަށް ހިންގުން ފަދަ އެތަށް މަޝްރޫއަކާއި ގުޅިގެން 20 އެއްބަސްވުމުގައި ސޮއެކުރައްވާފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"ޗައިނާ-ސައުތް އޭޝިއާ ފީމޭލް ޕޮލިޓިކަލް ލީޑާރސް ޕްރޮގްރާމް" ގެ ހަވާސާއިން މިނިސްޓަރ މަރްޔަމް މާރިޔާވަނީ ޗައިނާގެ ޖަމިއްޔާ ޖަމާއަތްތަކާއި އެކު މަޝްވަރާކޮށް ރާއްޖެއަށް އެކި ދާއިރާތަކުން ބެނުންވާ މީހުން ތަމްރިން ކުރުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާއިމެދު މަޝްވަރާ ބައްދަލުވުންތައް ބާވާފައެވެ.

އެކަމަނާ ޙިތާބުގައި އެފަރާތަކުން ދެއްވި އެއްބާރުލުން ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން އޯލް-ޗައިނާ ވިމެންސް ފެޑެރޭޝަން، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ އަދި ޗައިނާ ވިމެންސް ޔުނިވާސިޓީއަށް އެކަމަނާ ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މިމަހުގެ 10 ން 16 ށް ކުރިޔައްގެންދާ "ޗައިނާ-ސައުތް އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް" އަކީ ޗައިނާގެ ޚަރަދުގައި ކުރިޔަށް ގެންދާ ޕްރޮގްރާމް އެކެވެ. މި ޕްރޮގްރާމްގައި މިނިސްޓަރ މަރިޔަމް މާރިޔާގެ އިތުރުން މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް، ޑރ. އައިޝަތް ޝިހާމާ، މިނިސްޓަރ އޮފް ފޮރިން އެފެއާރސް، ޝެރީނާ އަބްދުލްސަމަދު އަދި ރައްޔިތުން މަޖިލީހުގެ ތިން މެންބަރުންކަމަށްވާ ފާތިމަތު ސައުދާ، އަސްމާ ރަޝީދާ އަދި އަނާރާ ނައީމް ހިމެނިވަޑައިނަވައެވެ.