logo
banner image

މަޖީދިއްޔާ ސްކޫލް މެރިން ސައިންސް ކިޔަވާ ދަރިވަރުން މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިންގް ފެސިލިޓީއަށް ޒިޔާރަތް ކޮށްފި

މަޖީދިއްޔާ ސްކޫލް ގްރޭޑް 10 ގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް މެރިން ސައިންސްއާއި ގުޅޭ މައުލޫމާތުދީ އެކުދިންނަށް އެކަމުގެ އަމަލީ ތަޖުރިބާ ކުރުމުގެ ފުރުސަތު މަނިޔަފުށި މެރިން ރިސާޗް ސެންޓަރުން ދީފިއެވެ.

މަޖީދިއްޔާ ސްކޫލް ގްރޭޑް 10 ގައި މެރިން ސައިންސް ކިޔަވާ 11 ދަރިވަރަކު ވަނީ މަނިޔަފުށި މެރިން ރިސާޗް ސެންޓަރަށް ޒިޔާރަތްކޮށް މައުލޫމާތުހޯދާފަ އެވެ.

އެ ދަރިވަރުންނަށް މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިންގް ފެސިލިޓީ އިން ހިންގާ ފިޝަރީޒް ރިސާރޗް ޕްރޮގްރާމާއި އިކޯސިސްޓަމް ރިސާރޗް އަދި މެރިކަލްޗަރ ރިސާރޗް ޕްރޮގްރާމްގެ މަޢުލޫމާތު ވަނީ ދީފައެވެ.

ދަރިވަރުންގެ މި ޒިޔާރަތުގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އިން ހިންގާ ފިޝަރީޒް ރިސާރޗް ޕްރޮގްރާމް، އިކޯސިސްޓަމް ރިސާރޗް އަދި މެރިކަލްޗަރ ރިސާރޗް ޕްރޮގްރާމްގެ މަޢުލޫމާތު ވަނީ ދީފައެވެ. އަދި އަމަލީ ގޮތުން ދިރޭ ކާނާ އާލާކުރާ ލެބްގެ މަސައްކަތްތައް ހިނގާގޮތާއި އަދި ދިރޭކާނާ އާލާ ކުރާގޮތުގެ މައުލޫމާތުވެސް އެ ކުދިންނަށް ވަނީ ދީފައެވެ.

މީގެ އިތުރުން ހެޗަރީގައި ކުރިއަށް ގެންދާ ފާނަ، ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާ ކުރުމަށް ކުރާ މަސައްކަތްތައް ދަރިވަރުންނަށް ދަސްކޮށްދީ އެކަމުގެ ތަޖުރިބާ ކުރުމުގެ ފުރުސަތު ވަނީދީފައެވެ. އަދި ޕާލްކަލްޗަރ ކުރާ ގޮތުގެ މަޢުލޫމާތު ވެސް ދީފައިވެއެވެ.