logo
banner image
ޚާރިޖީ ވުޒާރާ

ސީޝެލްސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ސީޝެލްސްގެ ފޮރިން މިނިސްޓަރަށް ތަހުނިޔާ ފޮނުއްވައިފި

ސީޝެލްސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ސިލްވެސްޓަރ ރާޑެގޮންޑެ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި އެވަނީ:

ސީޝެލްސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ‎ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ސީޝެލްސް ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ އާއި ސީޝެލްސްއާ ދެމެދު އުފެދިފައިވަނީ ވަރަށް ބަދަހި ގުޅުމެކެވެ. އަދި މި ގުޅުމަކީ ދެ ދެޤައުމުންވެސް އެއްގޮތް އަސާސްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަމަށާއި، މި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގައި އަޅުގަނޑު ޔަޤީންކުރަމެވެ.‎

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."