logo
banner image
ދިފާޢީ ވުޒާރާ

ދަނޑިމަގު ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ފުވައްމުލަކު ސިޓީ ދަނޑިމަގު ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ޖޫން 27 ވަނަ ދުވަހުގެ 15:05 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. މި މަސައްކަތުގައި ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންގެ އެހީތެރިކަން ވެސް ލިބިފައިވާއިރު، ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 21:05 ހާއިރުއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.