logo
banner image
ދިފާޢީ ވުޒާރާ

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތުގައި ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެ

މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓުން އިންތިޒާމުކޮށްގެން، ލ.ގަމު އަތިރިމަތި ސާފުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި، އެ ރަށު އަތިރިމަތި ސާފުކުރުމުގެ އިތުރުން، ހަރަކާތުގައި ބައިވެރިވި މުއައްސަސާތަކުގެ މެދުގައި އެކިކަހަލަ އުކާލެވޭ ކުނި ބޭނުންކޮށްގެން، ބޭނުންކުރެވޭ ތަފާތު ތަކެތި ހެދުމުގެ މުބާރާތެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ބައިން އެއްވަނަ ހޯދާފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުންނެވެ.