އެޗްޑީސީގެ މުވައްޒަފުންނަށް ފަޔަރ އިވެކުއޭޝަން ޑްރިލެއް ކުރިއަށް ގެންގޮސްފި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންނަށް ފަޔަރ އިވެކުއޭޝަން ޑްރިލެއް ކުރިއަށް ގެންގޮަސްފިއެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން އެޗްޑީސީ އޮފީސް އިމާރާތުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ޑްރިލްގައި، އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ހާލަތުގައި ސަލާމަތްތެރިކަމާ އެކު އިމާރާތުން ނުކުންނާނެ ގޮތްތައް ފަރިތަކުރުމުގެ އިތުރުން އަނިޔާވެފައިވާ މީހަކަށް ފުރަތަމައެހީދޭނެ ގޮތްތައް ބައިވެރިން ވަނީ ފަރިތަކޮށްފައެވެ.
މި ޑްރިލްގައި އެޗްޑީސީގެ 165 މުވައްޒަފުން ބައިވެރިވިއެވެ.