logo
banner image

ފ. ދަރަނބޫދޫގައި ހައިޑްރޮޕޯނިސް ތަމްރީންތަކެއް ކުރިޔަށްދަނީ

ފ. ދަނރަބޫދޫގެ ދަނޑުވެރިންނަށާއި ދަނޑުވެރިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހައިޑްރޮޕޯނިކްސް ތަމްރީންތަކެއް ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ 23 ޖޫން އިން 12 ޖުލައި 2025 އަށެވެ.

މިއީ ވާރޭ ހިޔާ އަދި ހައިޑްރޮޕޮނިކްސް ނިޒާމުތައް އިމާރާތްކުރުމާއި އެކުގައި ކުރިއަށްދާ ޕްރޮގްރާމަކަށްވާތީ، މިއީ ހައިބްރިޑް މޯޑެއްގައި ކުރިއަށްދާ ޕްރޮގްރާމެކެވެ.

ތައްޔާރުކުރާ 20 ނިޒާމްގެ ތެރެއިން 10 ބައިވެރިންނަށް ނިޒާމުތައް ލިބޭނެއެވެ. އެއީ ކޮންމެ މީހަކަށް ފަތްޕިލާވެލި ހައްދާ އެއް އެން.އެފް.ޓީ ނިޒާމާއި، މެލަނާއި ކިއުކަންބާ ހައްދާ އެއް ނިޒާމެވެ. ނަމަވެސް، ރަށުގައި ހިންގޭ ތިއަރީ ކްލާސްތަކުގައި އިތުރު ބައިވެރިން ބައިވެރިވާނެއެވެ.

ތަމްރީނު ޕްރޮގްރާމް ހިންގަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ އޮފިސަރުން ކަމުގައިވާ ޚާލިދު ޔޫސުފާއި އަބްދުއްލަޠީފް މޫސާއެވެ.