ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރުގެ ވަޒީރު ޝަރަފުވެރިކޮށްދެއްވައިފި
ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރުގެ ވަޒީރު ޝަރަފުވެރިކޮށްދެއްވައިފި
ތިރީހާ އިންސްޓިޓިއުޓުން އިންތިޒާމުކުރައްވައިގެން ބޭއްވެވި ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ޝަރަފުވެރިކޮށްދެއްވައިފި އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޖަލްސާ ކުރާ މާލަމުގައި ރޭ ބޭއްވެވި މި ރަސްމިއްޔާތުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރުގެ ވަޒީރު ވަނީ، ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ހިތުން ކިޔެވުމުގެ ގޮފީގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނާއި އަދި މުޅި މުބާރާތު އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ތިރީހާ އިންސްޓިޓިއުޓުގެ ފަރާތުން ވަނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރުގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ ވަޒީރާއި ހަވާލުކޮށްދެއްވީ ތިރީހާ އިންސްޓިޓިއުޓުގެ މުއައްސިސް ޝިޔާނާ ޢަބްދުލްމުޙްސިިނެވެ.
އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި މުބާރާތަކީ ތިރީހާ އިންސްޓިޓިއުޓްގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި 7ވަނަ މުބާރާތެވެ.