ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގައި ހިމެނޭ ސްކީމް ތަކުގެ ތަފުސީލު ހާމަކޮއްފި
ދިވެހި ރައްޔިތުންގެ ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން ހުށަހެޅިފައިވާ ދެ ސްކީމްގެ ތަފްސީލުތައް ހާމަކޮށްފިއެވެ. މި ސްކީމްތަކަކީ ގެދޮރު އެޅުމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާ ވަރަށް ބޮޑު އިސްކަމެއްގެ ހެއްކެކެވެ. މި ޕްރޮގްރާމްގެ ދަށުން ތަޢާރަފްކޮށްފައިވަނީ "ފަހިމާލެ ސްކީމް" އާއި "ސަހަރު ސްކީމް" އެވެ.
ފަހިމާލެ ސްކީމްގެ ތަފްސީލުތައް:
މި ސްކީމް ފަރުމާކޮށްފައިވަނީ މާލެ ސަރަހައްދުގައި ގެދޮރު އެޅުމަށް އެހީތެރިވުމަށެވެ.
ގިނަވެގެން ދޫކުރެވޭ އަދަދު: ގިނަވެގެން -/6,000,000 (ހަ މިލިއަން) ރުފިޔާ ދޫކުރެވޭނެއެވެ. ނަމަވެސް، ކުދި ބިންކޮޅުތައް (600 އަކަފޫޓަށްވުރެ ކުޑަ) އެއްކޮށްގެން ބިން ތަރައްޤީކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދީ، އެ ފަރާތްތަކަށް ގިނަވެގެން 10 (ދިހަ މިލިއަން) ރުފިޔާއާ ހަމައަށް ލޯނު ދެވޭނެއެވެ.
ފެސިލިޓީ އަނބުރާ ދެއްކުމަށް ހުށަހެޅޭ އެންމެ ދިގު މުއްދަތު: 25 އަހަރެވެ. މި މުއްދަތު ކަނޑައަޅާނީ، ފެސިލިޓީއަށް އެދި ހުށަހަޅާ ފަރާތުގެ އުމުރަށް ބެލުމަށްފަހު، ފެސިލިޓީ ދޫކުރާ ބޭންކަކުންނެވެ.
ގްރޭސް ޕީރިއަޑް: ގިނަވެގެން 18 މަސްދުވަސް ދެވޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް ކަނޑައެޅޭ މުއްދަތު ގުނާނީ މި ގްރޭސް ޕީރިއަށް ނުހިމަނައެވެ.
އިކުއިޓީ ކޮންޓްރިބިއުޝަން: ފެސިލިޓީއަށް ހުށަހަޅާ ފަރާތުން 5 އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އިކުއިޓީ ކޮންޓްރިބިއުޝަން ދައްކަންޖެހޭނެއެވެ.
ރަހުނު: ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނު ކުރަންޖެހޭނެއެވެ.
އެޑްވާންސް ޕޭމަންޓް: ގިނަވެގެން 15 އިންސައްތަ ދޫކުރެވޭނެއެވެ.
ބާކީ ފައިސާ ދޫކުރުން: ބާކީ ފައިސާ ޕްރޮގްރެސިވް ޕޭމަންޓް އުސޫލުން، މަސައްކަތް ކުރިއަށްދާ މިންވަރަކުން ދޫކުރެވޭނެއެވެ.
-1751072974339.webp)
ސަހަރު ސްކީމްގެ ތަފްސީލުތައް:
މި ސްކީމް ހާއްސަކޮށްފައިވަނީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްލު ހޯދައިދިނުމަށެވެ.
ގިނަވެގެން ދޫކުރެވޭ އަދަދު: ގިނަވެގެން -/3,000,000 (ތިން މިލިއަން) ރުފިޔާ ދޫކުރެވޭނެއެވެ.