"ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" ގެ ދަށުން ލޯނު ދޫކުރުމަށް ވެވޭ އެއްބަސްވުމުގައި ސޮއިކޮށްފި
"ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" ގެ ދަށުން ލޯނުދޫކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބްއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީ.އީ.އޯ. އެންޑް މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝަރީފްއެވެ.
-1751072974339.webp)
މި އެއްބަސްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަމުގައިވާ ބޯހިޔާވެހިކަން %5 ޕްރޮފިޓް ރޭޓުގައި ބޭންކުތަށް މެދުވެރިކޮށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ. މި ޕްރޮގްރާމްގެ ދަށުން ގެދޮރު އެޅުމަށް ނުވަތަ ގޯތިގަތުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ އުސޫލުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އިންތިޒާމު ހަމަޖައްސާފައެވެ.
