logo
banner image

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ޚާއްސަކޮށް ހިންގި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގެ ފަހު ސެޝަން މިއަދު ނިމި، ކުރު ރަސްމިއްޔާތަކާއެކު އެ ޕްރޮގްރާމް ނިންމާލައިފިއެވެ. މި ސެޝަންތައް އިންތިޒާމުކޮށްފައިވަނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (CSTI) އާއި ސިވިލް ސަރވިސް ކޮމިޝަން (CSC) ގުޅިގެންނެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރިއެރުންތަކެއް ލިބި، ސަރުކާރުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިތުރަށް އެހީތެރިވެދެވޭނެ ކަމަށް ބެލެވެއެވެ. މި ޕްރޮގްރާމް ރޭވިފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްސަކޮށެވެ. ޚާއްސަކޮށް، ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް މި ޕްރޮގްރާމް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ ގިނަ ދުވަސްތަކެއްގެ މުއްދަތަށް، ތަފާތު މޮޑިއުލްތަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި މަޝްރޫޢުތައް މެނޭޖްކުރުމާއި، ކޮންޓްރެކްޓްތައް ހިންގުމާއި، ފެންވަރު ކަށަވަރމި ޕްރޮގްރާމްގެ ސަބަބުން މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާވެ، ގައުމީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށް އުންމީދު ކުރެވެއެވެ.ުކުރުމާއި، މަސައްކަތުގެ ސަލާމަތީ ކަންކަން ފަދަ މުހިންމު ދާއިރާތަކަށް އަލިއަޅުވާލާފައިވެއެވެ.