logo
banner image

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ. ރ. ހުޅުދުއްފާރުގައި އޮތް މި ބައްދަލުކުރެއްވުމުގައި އަތޮޅުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު ކަންކަމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާ ބެހޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވިފައިވެއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރުގެ އަރިހުގައި އެމް.ޑަބްލިޔު.އެސް.ސީގެ އެމް.ޑީ ޢަބްދުލްމަތީނާއި، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ނާޞިރު އަދި މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އިބްރާހިމް ނިޒާރު ބައިވެރިވެލެއްވިއެވެ.