މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ރ. ހުޅުދުއްފާރު ކައުންސިލާ ބައްދަލުކުރައްވައިފި
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ރ. ހުޅުދުއްފާރު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. ހުޅުދުއްފާރުގައި އޮތް މި ބައްދަލުކުރެއްވުމުގައި އެ ރަށުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ އެމް.ޑީ ޢަބްދުލްމަތީނާއި، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ނާޞިރު ބައިވެރިވެވަޑައިގެންނެވި.