logo
banner image

މާކުރަތުގައި ހައިޑްރޮޕޯނިކްސް ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

ރ. މާކުރަތުގައި ހައިޑްރޮޕޯނިކްސް ގެ ތަމްރީން ތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މާކުރަތުގެ ދަނޑުވެރިންނާއި ސްކޫލްގެ ސާނަވީ ކުދިންނަށް އަމާޒުކޮށްގެން މި މަހުގެ 12 ން 23 ށް ކުރިޔަށް ގެންދިޔަ މި ތަމްރީންތަކުގައި ޖުމްލަ 36 ފަރާތަކުން ބައިވެރިވެ، ތަމްރީންތައް ފުރިހަމަ ކުރައްވާފައިވެއެވެ.

ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޒާމާނީ ވަސީލަތްތަކާއި އެކު ދަނޑުވެރިކަން ކުރާނެ ގޮތުގެ ތަމްރީންތައް މި ވުޒާރާއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ހިންގަމުންނެވެ.