މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހދ. ހަނިމާދޫ ކައުންސިލާ ބައްދަލުކުރައްވައިފި
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހދ. ހަނިމާދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ހަނިމާދޫގެ ތަރައްޤީއާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ލޯކަލް ގަވަރމަންޓް ޑިޕާޓްމެންޓްގެ ގަވަނެންސް އެންޑް މޮނިޓަރިންގ ސެކްޝަންގެ ހެޑް ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ހދ. އަތޮޅު ހިމެނޭ ކުލަސްޓަރގެ ކަންތައްތައް ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ހަސަން އަދި ހދ. އަތޮޅުގެ ކަންކަން ކޯޑިނޭޓްކޮށް ބަލަހައްޓަވާ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ހަސަން ނިޒާރު ބައިވެރިވެލެއްވިއެވެ.