logo
banner image
ޚާރިޖީ ވުޒާރާ

ސައިޕްރަސް އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާ އައު ސަފީރު ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް ސައިޕްރަސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެވަގޮރަސް ވިރްޔޮނިޑެސް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވަނީ ސަފީރު ވިރްޔޮނިޑެސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ސައިޕްރަސްއާއެކު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ސަފީރު ވިރްޔޮނިޑެސް ވަނީ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ސައިޕްރަސް އާއި ރާއްޖެއާ ދެމެދު ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާގެ އިތުރުން ފަތުރުވެރުކަމުގެ ދާއިރާގެ އިތުރުން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރަށް ދެއްވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ޑޮކްޓަރ ޚަލީލްގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ހާނީ ނަޢީމްގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ މަރްޔަމް ފާތިކާ ފަޔާޟު ބައިވެރިވެވަޑައިގެންނެވިއެވެ.