logo
banner image

މިނިވަންދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ފުލުހުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކުގެ ސަލާމަތީ ކަންކަމާއި ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން ދިވެހީންގެ ފުލުހުންގެ ޚިދުމަތާއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، މިނިވަން ދުވަހާ ގުޅިގެން ބާއްވާ އެކި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދިދަ ނެގުމުގެ ރަސްމިއްޔާތާއި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާގެ އިތުރުން ޖުމްހޫރީ މައިދާނުގައި ކުރިއަށްގެނދާ މައިދާނީ ހަރަކާތާއި ފުޅަނދު ބުރާއި ޝަރަފުގެ ހިނގާލުމުގެ އިތުރުން ހަވާއެރުވުމުގެ ހަރަކާތުގެ ސަލާމަތީ ކަންކަމާއި ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މި ވުޒާރާއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައެވެ.

މި ބައްދަލުކުރެއްވުމުގައި މި ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ޙަމްލާއާއި ޑެޕިއުޓީ ޑައިރެކްޓަރ ޢައްބާސް މުޙައްމަދުގެ އިތުރަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އާއި ޗީފް އިސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޚަލީލާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލުޠުފީ ވެސް ބައިވެރިވެވަޑައިގަތެވެ.