ހދ. އަތޮޅު ކައުންސިލުން މި ވުޒާރާގެ އިސްވެރިންނާއި މަޝްވަރާކުރުން
ހދ. އަތޮޅު ކައުންސިލުގެ ބޭފުޅުން މި ވުޒާރާގެ އިސްވެރިންނާއި ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ހދ. އަތޮޅުގައި ދަނދުވެރތިކަމަށް ދޫކޮށްފައިވާ ރަށްތަކާއި މެދުގައި އަތޮޅުކައުންސިލުން ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވާފައެވެ. އަދި އެއަތޮޅުގައި ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް މި ވުޒާރާ އާއި ގުޅުގެން އިތުރު ތަމްރީން ޕްރޮގްރާމްތައް ހިންގުމާއިބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ހދ ކައުންސިލުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ހަސަން ދީދި އާއި މި ވުޒާރާގެ ޕާމަނަންޓް ޑިރެކްޓަރ ބައިވެރިވެވަޑައިނެވިއެވެ.