ކެލާ ގްރީން ހައުސްއަށް ޒިޔާރާތް ކުރެއްވުން
ހއ، ހދ ގެ ބައެއްރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަޒީރު ޑރ. މަރްޔަމް މާރިޔާ ކެލާ ގްރީން ހައުސްއަށް ޒިޔާރަތް ކުރައްވައިފިއެވެ.
މި ގްރީން ހައުސް އަކީ މެޕް ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ އެކި ރައްތަކުގައި ގެންދާ ދަނޑުވެރިކަމުގެ ޕައިލެޓް ޕްރޮޖެކްޓުތަކުގެ ތެރެއިން ކެލާ ގައި ގާއިމްކޮށްފައިވާ ތަނެކެވެ. އެތަނުގައި ހައްދާފައިވަނީ މިރުހާއި ކެޕްސިކަމް އެވެ.
މި ޒިޔާރަތުގައި އެތަމުގައި މަސައްކަތް ކުރާ ދަނޑުވެރިންނާއި ބައްދަލުކުރައްވާ، އެބޭފުޅުންގެ ހިޔާލުތައް ވަޒިރު އަޑުއެއްސެވިއެވެ. އަދި ދަނޑުވެރިކަން ކުރިއެރުވުމަށް ދަނޑުވެރިންނަށް އިތުރަށް ބޭނުންވާނެ ކަންކަންވެސް އޮޅުންފިލުއްވިއެވެ.