logo
banner image

ވަޒީރު މަރްޔަމް މާރިޔާ ކެލާ ކައުންސިލާއި ބައްދަލުކުރައްވައިފި

ހއ. ހދ ގެ ބައެއްރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ. ކެލައަށް ވަޑައިގެން އެރަށުގެ ކައުންސިލާއި ބައްދަލުކޮށް ރަށުގެ ދަނޑުވެރިކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ

މި ބައްދަލުވުމުގައި މައިގަނަޑުގޮތެއްގައި މަޝްވަރާ ކުރެއްވީ ކާނާގެ ޔަޤީކަން އިތުރުކުރުމުގެ ގޮތުން، އެފަދަ ގަސްތައް އިންދުމާއި ގުޅޭގޮތުންނެވެ. އެގޮތުން ވިލެޖް އޭރިއާއެއްގެ ގޮތުގައި، ވަކި ސަރަހައްދެއް ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދަނޑުވެރިކަމުގައި އެރަށަށް ދިމާވެފައިވާ ގޮންޖެހުންތައް، ވަޒީރާއި ވަނީ ހިއްސާކުރައްވާފައެވެ.

އެކަމަނާގެ މި ޒިޔާރަތުގައި އެރަށުގެ ދަނޑުވެރިންނާއި ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުން ހުރިކަންކަން އޮޅުންފިލުއްވިއެވެ. އަދި ދަނޑުވެރިކަމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވުޒާރާއިން ވެދެއްވޭނެ އެހީތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވިއެވެ.