logo
banner image

މިނިސްޓަރ ޑރ.ޢަލީ ހައިދަރު ޖެނީވާއަށް ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ އެމްބެސަޑަރާއި ބައްދަލުކުރައްވައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރު ސްވިޒަލޭންޑަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސްވިޒަލޭންޑްގެ ޖެނީވާއަށް ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ އަދި ޕަރމަނަންޓް ރިޕްރެޒެންޓޭޓިވް އޮފް ދަ ރިޕަބްލިކް އޮފް ދަ މޯލްޑިވްސް ،ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން)، ހަރ އެކްސެލެންސީ، ޑރ. ސަލްމާ ރަޝީދާއި ބައްދަލުކުރައްވައިފައެވެ.

މިނިސްޓަރ ޑރ. ޢަލީ ހައިދަރު ސްވިޒަލޭންޑަށް ކުރެއްވި މި ދަތުރުފުޅަކީ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ)ގެ ފަރާތުން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކޮންފަރަންސްގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ޖުމްލަ 187 ޤައުމަކުން ބައިވެރިވާ މި

ކޮންފަރަންސަކީ މަސައްކަތުގެ މާހަޢުލުގައި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް މުވައްޒަފުންގެ ހައްޤުތައް ހިމާޔަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ ކޮންފެރެންސެކެވެ.

މިދަފަ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ސަބަބުން އެކި ޤައުމުތަކުގައި ދިވެހިރާއްޖެ ތަމްޞީލުކުރައްވާ ބޭފުޅުންނާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރު އިސްބޭފުޅުންނާއި ބައްދަލުކުރެވި، ބޭރުގެ ޤައުމުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް މަގުފަހިވެގެންދާނެއެވެ.