logo
banner image

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ ލޭބަރ ޑިޕާޓްމަންޓްގެ ފަރާތުން "ލޭބަރ އަވެއަރނެސް ސެޝަންސް"ގެ ނަމުގައި މަޢުލުމާތު ދިނުމުގެ ގޮތުން ސެޝަންއެއް ބާއްވައިފިއެވެ.

މި ސެޝަންގައި، މަސައްކަތްތެރިންނާއި ގުޅޭ ޤާނޫނާއި އުޞޫލުތަކާއި ގުޅޭގޮތުން ވަނީ މަޢުލުމާތު ޙިއްސާކުރެވިފައެވެ.

ސެޝަންގައި އަލިއަޅުވައިލެވުނު މަޢުޞޫތަކާއި ހުށައަޅައިދެއްވި ބޭފުޅުން؛

1) "އެމްޕްލޯޔަމަންޓް ލޯ"

މަރްޔަމް ރައުޒާ އަދި އައިމިނަތު ސަމާ މުޙައްމަދު

2) "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް"

އިބްރާހިމް ޒާހިރު އަދި ޒީބާ އަތޯ މުޙައްމަދު

3) "އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓް"

ސަމާހަތް ޢަބްދުލް ލަތީފް އަދި އާއިޝަތު ނަފާ އަޙްމަދު

29 މެއި ވީ ބުރާސްފަތި ދުވަހު ބޭއްވުނު މި ސެޝަންގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، އަޙްމަދު ޝަފީއުގެ އިތުރުން އެ ވުޒާރާގެ ބައެއް މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމް.ޓީ.ސީ.ސީ) ގެ ބައެއް އިސްބޭފުޅުން ވަނީ މި ސެޝަންގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.