އޭ.އެމް.އޭ.އެސް.އޯ.އެމްގެ އެމް.ބީ.ބީ.އެސް ސްކޮލަރޝިޕާއި ގުޅޭ ބައްދަލުމުވުމެއް ބާއްވައިފި
އޭ.އެމް.އޭ.އެސް.އޯ.އެމްގެ އެމް.ބީ.ބީ.އެސް ސްކޮލަރޝިޕާއި ގުޅޭ ބައްދަލުމުވުމެއް ބާއްވައިފި
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން ވަނީ އޭ.އެމް.އޭ ސްކޫލް އޮފް މެޑިސިން (އޭ.އެމް.އޭ.އެސް.އޯ.އެމް)ގެ އެމް.ބީ.ބީ.އެސް ސްކޮލަރޝިޕަށް ދިވެހި ދަރިވަރުން ހޮވުމުގެ މަރުޙަލާތަކާއި އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބައްދަލުވުމެއް ބާއްވައިފައެވެ.
މި ބައްދަލުވުމުގައި، ފިލިޕީންސްގެ އޭ.އެމް.އޭ.އެސް.އޯ.އެމްގެ ފަރާތުން ފޯރުކޮއްދޭ ސްކޮލަރޝިޕް ފުރުޞަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން، އޭ.އެމް.އޭ ސްކޫލް އޮފް މެޑިސިންގެ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް ދަރިވަރުން ހޮވުމުގައި އިސްކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.
މަތީ ތަޢުލީމާއި ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުޢްރަހީމް ޙަސަން، ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ނަދާ މުޙައްމަދު، ޑައިރެކްޓަރ ޖެނެރަލް،މަރްޔަމް މުޙައްމަދު އަދި ސްކޮލަރޝިޕް ސެކްޝަންގެ ޑިރެކްޓަރ، އަޙްމަދު ރިޒާ ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. މީގެ އިތުރުން، އޭއެމްއޭ ސްކޫލް އޮފް މެޑިސިން (އޭ.އެމް.އޭ.އެސް.އޯ.އެމް) ތަމްޞީލުކުރައްވައި ބައިވެރިވެވަޑައިގަންނަވައިފައިވަނީ ޑއިރެކްޓަރ އޮފް އެކްޓަރނަލް އެފެއަރސް، އަޔުޝްމާ ރަނާ ޝާހެވެ.