ހުރިހާ ޙާޖީންގެ ހާލު ރަނގަޅު: ޙައްޖު މިޝަން
ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ 1000 ޙައްޖާޖީން މިހާރު ވަނީ މައްކާއަށް ގޮސްފައިވާއިރު ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ޙައްޖު މިޝަން އިން ވިދާޅުވެއްޖެއެވެ.
ހަތަރު ފްލައިޓެއްގެ މަތިން ޙައްޖާޖީން މައްކާއަށްގޮސްފައިވާއިރު މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިންނަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހުމާއެކު ޙައްޖުވެރިންގެ ދަތުރަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހައަށް ލިބިގެންގޮސްފައެވެ. އެގޮތުން ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދިޔައިރު މިކަމުގެ ހިއްހަމަޖެހުން ޙައްޖުވެރިން ވަނީ ފާހަގަކުރައްވާފައެވެ.
ޙައްޖުވެރިން މަޝާޢިރުތަކަށް ދިއުމުގެ ކުރިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާއިރު، ޙައްޖުވެރިންނާއި ގުޅޭ ކަންކަން ސަޢުދީ ސަރުކާރާއި ގުޅިގެން ދިވެހި ޙައްޖު މިޝަންއިން އަންނަނީ ކުރަމުންނެވެ.
މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.